ޚަބަރު

ސިޓީ ކައުންސިލުގެ މުވައްޒަފުން، ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަނީ ވަރުބަލިވުމެއް ނެތި: މުޢިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސިޓީގެ މުވައްޒަފުންނަކީ މާލެ ސިޓީގައި ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގައި ރެއާcދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ޚާދިމުންތަކެއް ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ”ސްޓާފް ނައިޓް“ ގައި މުވައްޒަފުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތަށް ތަޢުރީފް ކުރައްވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިބޭފުޅުންނަކީ ހަމައެކަނި މުވައްޒަފުންތަކެއް ނޫން. ޙަޤީޤަތުގައި ތިބޭފުޅުންނަކީ ވަރުގަދަ ފަހުލަވާނުންތަކެއް

މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރައްވާބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި، ފުރަތަމަ ފަހަރަށް މިފަދަ ޙަފްލާއެއްބޭއްވުމަށް ނިންމެވީ މިކަން ޤަބޫލު ކުރައްވާތީ ކަމަށާއި،މުވައްޒަފުންނާއި އެކު މިފަދަ ޙަފްލާއެއް ބޭވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ "ސްޓާފް ނައިޓް"ގެ ތެރެއިން.

މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ މޭޔަރާއި ހުރިހާ ކައުންސިލަރުންގެ ނަމުގައި މޭޔަރ މުޢިއްޒު ވަނީ ހުރިހާމުވައްޒަފުންގެ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!