ޚަބަރު ސަރުކާރު

ހުރިހާ ރައްޔިތުންގެ ސިއްޙީ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސިއްޙީ ހާލަތު ދެނެގަތުމުގެ ހާއްސަ ޕްރޮގްރާމެއް އަންނަ އަހަރުގެ ކުރީކޮޅު ހިންގާނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ނުވަތަ ފެބުރުއަރީ މަހުގެ ކުރީކޮޅު މުޅި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްޙީ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން އެކި ބަލިތައް ހުރި މީހުން ދެނެގަނެވިގެންދާނެ ކަމަށެވެ. އަދި ކެންސަރު ބައްޔާއި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތައްފަދަ އެތައް ބައްޔަކަށް އަވަހަށް ސިއްޙީ ފަރުވާ ލިބިގެންދާނެ މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިހާރު މިވާގޮތަކީ ޑައިބެޓިސް ފަދަ ބަލިތައް ހުންނަ މީހުންނަށް ނޭނގޭ އެމީހުން އެބަލި ހުރިކަމެއް. އެމީހުން ޓެސްޓަކަށް ދަނީއެއް ނޫން. ނަމަވެސް މި ޕްރޮގްރާމުން އެކަހަލަ މީހުން އައިޑެންޓިފައިކުރެވޭނެ” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ސިއްޙީ ކަންކަމުގެ ރެކޯޑް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި ސިއްޙީ ރެކޯޑް ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނާޅި

    ވީހާވެސް ގިނަ އައިޑީ ކާޑް އެއްކުރަންތޯ ؟ ރައްޔިތުންގެ ސިއްހީ މައުލޫމާތު އެއްކުރާކަށެއް ނުޖެހޭ ، އެމީހެއްގެ ސިއްހީ މައުލޫމާތު އެމީހެއްގެ އަތުގައި ހުންނަންޖެހެނީ !

  2. މީހުންގެ ޒާތީ މައުލޫމާތު ވަކި ބަޔަކު އެއްކޮށްގެން ރަތްކާކުރަނީ ކީއްކުރަންތޯ އެކަމުގެ ބޭނުމަކީ ކޮބައިތޯ ؟