ޚަބަރު ސިޔާސީ

ހަގީގަތް ގަބޫލުކުރާ މީހުން ރައީސް ސާލިހަށް އިތުރު ދައުރެއް ދޭން އެއްބަސްވާނެ: އިކްރާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަގީގަތް ގަބޫލުކުރާ މީހުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުރު ދައުރެއް ދޭން އެއްބަސްވާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިކްރާމް ކިރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެދު، ހަގީގަތް ގަބޫލުކުރާ ކޮންމެ ދިވެހި ރައްޔިތެއް މި ދައުރުގައި ރައީސް ސާލިހު ގައުމަށް ކޮށްދެއްވި ކަންކަން ބަލައިގަންނާނެކަމަށެވެ. އަދި އިތުރު ދައުރެއް ދޭންވެސް އެ ރައްޔިތުން އެއްބަސްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެކަން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އިއުލާންކުރައްވާފައެވެ. ނަމަވެސް އެމްޑީޕީން ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނީ ޕްރައިމަރީއަކަށް ފަހުއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ނިންމާފައި ނުވި ނަމަވެސް އެ ޕްރައިމަރީގައި ރައީސް ނަޝީދު ވެސް ވާދަކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ads by HDC
  1. ދިވެހިން..

    ކަލޭހޭބަލިވެ.ފޮނު އަރުވާނި.ތިކަހަލަ ބާޣީންވެސް ބޭރު ކުރާނީ ފުރިހަމަ ދިވެހި ރައްޔިތުން.