Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ޓްރާންސްޕޯޓް މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތު، މައްސަލަ އޭސީސީއަށް

ޓްރާންސްޕޯޓް މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތު، މައްސަލަ އޭސީސީއަށް

ޓްރާންސްޕޯޓް މިނިސްޓަރު ޢައިޝަތު ނަހުލާއާ ގުޅުންހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޢާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާއަށް ތުހުމަތު ކުރަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުންދާ ކަމަށެވެ. ނަހުލާގެ އިތުރުން މިކަމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ޝާމިލުވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ވަނީ 57 އުޅަނދެއް ރަޖިސްޓްރީ ކޮށްދިނުމުގައި ޤަވާއިދާ ހިލާފުވެފައި އޮތް ގޮތް ތަފްސީލުކޮށްދޭ ރިޕޯޓެއްވެސް ހިމަނައިފައެވެ.

Advertisement
HDC — Sidebar (box)

އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޤަވާއިދު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންކަމަށާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލައި އަދި ޖަވާބު ދިނުމާ ނުލައި އުޅަނދުތައް ސިއްރިއްޔާތުގައި ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފުރިހަމަކޮށްދޭ ކަމަށްވެސް މައްސަލައިގައިވެއެވެ.

އަދި ނަހުލާ ހުއްދަ ދެއްވައިގެންކަން އެންގުމުގެ ގޮތުން ކޮންމެ ޚިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކުރައްވައި، ހުއްދަ ދެއްވި ކަަމަށްވެސް ލިޔުއްވާފައިވާކަން މައްސަލައިގައިވެއެވެ.

މި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީ ކުރެވޭނެކަމުގެ ޔަޤީންކަމާއެކު ކަމަށާއި، މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން ފާހަގަވާ ކަމަށްވެސް މައްސަލައިގައިވެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް