Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ދާރުލްއާސާރު ބަލައިލަން 1،000 މީހުން ޒިޔާރަތް ކޮށްފި

ދާރުލްއާސާރު ބަލައިލަން 1،000 މީހުން ޒިޔާރަތް ކޮށްފި

ދާރުލްއާސާރަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވައިލި ފުރުޞަތުގައި 1،000 އަށް ވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 1،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

https://twitter.com/MoACHmv/status/1596427812537524224

Advertisement
HDC — Sidebar (box)

ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުޞަތު ހުޅުވައިލީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮވެއެވެ. ނަމަވެސް އެތަނަށް ވަދެވެނީ ޚާއްސަ ޓިކެޓެއް ނަގައިގެންނެވެ. ބޮޑެތި މީހުންނަށް 25 ރުފިޔާއަށް ޓިކެޓު ލިބޭއިރު، ކުޑަކުދިންގެ ޓިކެޓް ލިބެނީ 20 ރުފިޔާއަށެވެ. އަދި ދަރިވަރުންނަށް 15 ރުފިޔާއަށް ޓިކެޓް ދޫކުރެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް