ޚަބަރު ސަރުކާރު

ރާއްޖޭގައި އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްދަނީ އިންޑިއާގެ އެހީގައި: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-

ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ގިނަ މަޝްރޫޢުތަކަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތައް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ފިނޭންސް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.

އެ ޤައުމުން ރާއްޖެއަށް މިހައިތަނަށް އެއް ބިލިއަން ޑޮލަރުގެ އެހީ ވެދެއްވައިފައިވާކަން ފާހަގަކުރައްވައި އަމީރު ވަނީ ރާއްޖޭގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގަނީ އިންޑިއާގެ އެހީއާއެކުގައި ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ މާލެ އާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓާއި ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލާއި ސ. ގަމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރަނީވެސް، އިންޑިއާގެ ދީލަތި އެހީއާއެކުގައި ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާއިން އަންނަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ރާއްޖެއިން ކުރިމަތިލަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ.

 

Ads by Ooredoo
  1. އެނގޭނޭނގޭ

    ހިތާމަކުރަނީީ އެއްވެސްް އުޑެއްބުޑެއްނޭގޭޙާލުު ބޮޑަތިމާސިންގާާ ބިޔަަ މޮޔަގޮވާތީީ ބަޔެއްގެެ ގެޔަކައްކުއްޔައްވަދެތިބެެެ އެގޭމީހުންވެސްް އެގެޔައްް އައިސްއުޅެޔޭޭ އެމީހުންނަކީީ އިންސާނުންނޭޭ ކީމާާ ތީގައިި ހައިރާންވެެ އަންތަރީސްް ވާންޖެހޭވަރުގެެ ކަންތައްގަޑެއްނުފެނޭޭ

  2. ރިބާ ލޯނުގެ ދަރަނި މަޝްރޫޢު ، އެތަކެއްހާސް ރިބާ ލޯނުގެ ދަރަނި !