އިންޑިއާއަށް ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހުޅަނގުން 8 ކިލޯމީޓަރު ދުރުން 2.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ސިސްމޮލޮޖީން ބުނީ ބިންހެލުމުގެ އުފެދުނީ ބިމުގެ ފަސް ކިލޯމީޓަރު އަޑިން ކަމަށެވެ. އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް އައީ މިރޭ ރާއްޖެ ގަޑިން 21:00 ގައެެވެ.
ދިއްލީ އާއި އިންޑިއާގެ އެކި ސަރަހައްދުތަކަށް މި މަހު ވަނީ ދެ ފަހަރު ބިންހެލުމެއް އައިސްފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު ދިއްލީއަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، ނޭޕާލަށް ވަނީ 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އައިސްފައެވެ.