ޚަބަރު ސިޔާސީ

އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ނިކަމެތިކޮށް، ދަރަނިވެރި ކޮށްލާނެ ބަޖެޓެއް: ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް--

އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުން ނިކަމެތިކޮށް، ދަރަނިވެރި ކޮށްލާނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ބަޖެޓާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކައެއްގެ ވީޑިއޯކޮޅެއް ހިއްސާ ކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކުރިއަށް އޮތީ ވަރަށް ދަތި އުނދަގޫ އަހަރެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅުއްވި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން އިއްޔެ ވަނީ ފާސް ކުރައްވައިފައެވެ.

އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓު ފާސްކުރުމަށް 61 މެމްބަރަކު ވޯޓު ދެއްވި އިރު، ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

ޢާޒިމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ރައްޔިތުންނާ ދޭތެރޭގައި ފިކުރު ކުރުމެއް ނެތި، އެހާ ބޮޑު ދަރަނި ބަޖެޓެއް ހުށަހަޅައި ފާސް ކުރުމަކީ ރައްޔިތުން ނިކަމެތިކޮށް، ޤައުމުވެސް ބަނގުރޫޓު ކޮށްލާނެ ކަމެއް ކަމުގައެވެ.

"ހެޔޮ ނުވާނެ މިހާ ދަރަނި ބޮޑު ބަޖެޓެއް، މި މަޖިލީހުން ފާސްކުރާކަށް. އަދި ވަކިން ޚާއްސަކޮށް، އަޅުގަނޑުމެންނަށް އޮޅުވާލައިގެން، ޤާނޫނު އަސާސީއާ ޚިލާފަށް، ސަޕްލިމެންޓްރީ ބަޖެޓެކޭ ކިޔައިގެން، މަޖިލީހަށް ހުށަހަޅައިގެން އެ އުޅެނީ." ޢާޒިމް ވިދާޅުވެފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، މި ބަޖެޓަކީ، ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތައްޔާރު ކޮށްފައިވާ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ.

އަދި މި ބަޖެޓުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ދިވެހިން

    ދހިވެހި ގައުމައް އަޅުގަނޑުމެން ދެންހޮވާނީ ފޯރާ ފޮތިން ފޫގަޅަން ދަންނަ ވެރިއެއް. ނުޖެހޭ ބަންދުފުރާނަ މުއްތި ކުރަން ނޫނީ ލޯނު ނަގާކައް މިގައުމް ހިންގަންށޭ ކިޔާފަ.