Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުރީދޫ ފަން ރަންގައި ބައިވެރިވެވޭނީ މިރޭގެ ނިޔަލަށް

އުރީދޫ ފަން ރަންގައި ބައިވެރިވެވޭނީ މިރޭގެ ނިޔަލަށް

އުރީދޫ ފަންރަންގައި ބައިވެރިވުުުމުގެ ފުރުސަތު އޮތީ، މިރޭ 11:59އާ ހަމައަށެވެ.

ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ އެ މެރަތަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

"ފަން ރަން" ފެށުމަށް ހަމަޖެހިފައިވައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. އަލަށް ބައިވެރިވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ މެރަތަންގައި ދުވާނީ ފަސް ކިލޯ މީޓަރަށެވެ.

Advertisement
Allied Insurance — Square (box)

އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

"ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް