ިނުކައި ނުބޮއި ހޯދި ވެރިކަން ދަމަހައްޓަން މީކާއީލްގެ މަންމަ އޭނަގެ ކިބައިން އެދިވަޑައިގެންފ
ނުކައި ނުބޮއި ހޯދި ވެރިކަން ދަމަހައްޓަވަން މަސައްކަތް ކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) އޭނަގެ ކިބައިން އެދިވަޑައިގެންފިއެވެ.
މަންދީ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ފެއަށް ޖެހިވަޑައިގެން މެންބަރު މީކާއީލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނާ ގުޅިވަޑައިގެންފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މީކާއީލްގެ ދިފާޢުގައި ކުރެއްވި ޓުވީޓެއްގައެވެ. މަންދީ ވަނީ ހަތް އަހަރުވަންދެން މަގުމަތީގައި ރެޔާދުވާލު ނުކައި ނުބޮއި ކުރި މަސައްކަތުން ހޯދި ވެރިކަން ދަމަހައްޓަވަން މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
''ޢުމުރުގަ ދުވަހަކު ނުކުރާ ވަރަށް މަންމަ ކުރި މަސައްކަތް 2018 ގެ ކެމްޕެއިން މަސައްކަތް ވެއްޔާ މޮޑެވިޔަ ނުދޭތި'' މީކާއީލުގެ ފޮޓޯ ހިއްސާ ކުރައްވައި މަންދީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މީކާއީލަށް ފާޑުކިޔުން އަމާޒުވީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައިި ބޭއްވި ޖަލްސާގައި ބަޖެޓު ފާސްކުރަން ވޯޓުދެއްވުމާ ގުޅިގެންނެވެ. އެ ގޮތަށް ކަން ކުރެއްވީ ޢާއިލާ ބޭފުޅަކަށް ވަޒީފާއެއް ލިބިގެންތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިިފައެވެ. ނަމަވެސް މީކާއީލް ވިދާޅުވީ މިއަދާ ހަމައަށް ވެސް އޭނާ އެދިގެން ޢާއިލާ ބޭފުޅަކަށް ވަޒީފާއެއް ހޯއްދަވާފައިނުވާނެ ކަމަށާއި ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް އޭނާ ޤަބޫލުކުރާ އުސޫލު ކަމަށެވެ.
ޢެބައަޑުއިވޭ އޮޑި ގިރިއަށް އެރީއޭ… އެނގިދާނެތާ
ނުކައި ނުބޮއި އޭ ނުބުނެ ވޯޓްކޮޅު ފޭރިގެންނޭ ބުނީމަ މާރީތިވެފަ ޗާލުވާނެ