ކުޅިވަރު ފުޓްބޯޅަ

ފުޓްބޯޅައިގައި ތާރީހީ ދުވަހެއް, ވޯލްޑްކަޕް މެޗެއްގައި 3 އަންހެން ރެފްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތާރީހުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރުމަށް 3 އަންހެނުން ހޮވައިފިއެވެ

Ads by Sosun Fihaara

ކޮސްޓަރިކާ އާއި ޖަރުމަނު ގްރޫޕް އީގައި ބުރާސްފަތި ދުވަހު ކުޅޭ މެޗުގެ ރެފްރީންނަށް ބައިވެރިވާނީ ސްޓެފަނީ ފްރެޕާޓް، ނިއުޒާ ބެކް އަދި ކެރެން ޑިއާޒްއެވެ. މިއީ ފިރިހެން ވޯލްޑް ކަޕް މެޗެއްގެ އަންހެން ރެފްރީންގެ ފުރަތަމަ ޓީމެވެ.

އުމުރުން 38 އަހަރުގެ ފްރާންސްގެ ރެފްރީ ފްރެޕާޓް އަކީ 2020 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ފުރަތަމަ އަންހެން ރެފްރީ އެވެ. އަދި ފްރާންސްގެ ދެވަނަ ޑިވިޝަން (2014) އަދި ފިރިހެނުންގެ ފުރަތަމަ ޑިވިޝަން (2019)ގެ އެއްވަނަ ވެސް އޭނާ ވަނީ ހޯދާފައެވެ.

ގަތަރުގައި ކުރިއަށްދާ މި މުބާރާތުގައި ރުވާންޑާގެ ސަލީމާ މުކަންސަންގާ އާއި ޖަޕާނުގެ ޔަމަޝިތާ ޔޮޝިމީ ވެސް ރެފްރީކަން ކުރަން ވަނީ ނިންމާފައެވެ.

ގްރޫޕް އީގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރާ މެޗަކީ ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ ދެ ޓީމަށް ވެސް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެތީއެވެ. މި ވަގުތު ޖަރުމަނު އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި ކޮސްޓަރިކާ އޮތީ ތިން ޕޮއިންޓާ އެކު އެ ޓީމަށް ވުރެ މަތީގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!