ދުނިޔެ

2030ވަނަ އަހަރު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދަކަށް އިންޑިއާ ވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަޕާނާއި ޖަރުމަނު ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ ވެގެންދާނީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދަށް ކަމަށް އެސްއެންޑްޕީން ބުނެފިއެވެ.

Ads by Sosun Fihaara

އެސްއެންޑްޕީއިން އަންދާޒާކޮށްފައިވާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ އަހަރީ ގްރޮސް ޑޮމެސްޓިކް ގްރޯތު އެވްރެޖްކޮށް 6.3 އިންސައްތަ އަށް އަރާނެއެވެ. މޯގަން ސްޓޭންލީން ލަފާކުރާ ގޮތުގައި 2031 ވަނަ އަހަރާ ހަމައަށް އަންނައިރު އިންޑިއާގެ ޖީޑީޕީ މިހާރު ހުރި މިންވަރަށްވުރެ ދެގުނަ  އިތުރުވާނެއެވެ.

މޯގަން ސްޓޭންލީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގައުމުގެ ކުރިއަރާފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ސަބަބުން މި ދިހަ އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދާއި ހިއްސާގެ ބާޒާރަށް އިންޑިއާ ވެގެންދާނެ ކަމަށެވެ.

މޯގަން ސްޓޭންލީ އަންދާޒާ ކުރާ ގޮތުގައި 2031ވަނަ އަހަރު އިންޑިއާގެ އުފެއްދުންތެރިކަމުގެ ހިއްސާ ޖީޑީޕީ 15.6 އިންސައްތައިން 21 އިންސައްތައަށް އަރާނެއެވެ.

ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންޑިއާއިން ވަނީ 6.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް 13.5 އިންސައްތައިގެ ކުރިއެރުމެއް އިންޑިއާއިން ވަނީ ހޯދާފައެވެ.

ބޭރުގެ އިންވެސްޓަރުންގެ ހަބަކަށް ހެދުމުގެ އިތުރުން މެނުފެކްޗަރިން ޕަވާހައުސްއަކަށް ހެދުމަށް އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭއިރު، މިކަން ހާސިލްކުރުމަށް އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން އިންޑިއާއިން ކުރަމުން ދަނީ އުފެއްދުންތެރިކަމާއި އެކްސްޕޯޓް ކުރިއެރުވުމަށް ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް ސްކީމް މެދުވެރިކޮށް ކުރިއެރުވުމެވެ.

2020 ވަނަ އަހަރު ތައާރަފްކުރި އެސްއޯ ޕީއެލްއައިއެސްއަކީ އެހެނިހެން ސްޓިމިއުލަސްތަކުގެ އިތުރުން ޓެކްސް ލުއިދިނުމާއި ލައިސަންސް ކްލިއަރެންސްގެ ގޮތުގައި އެތެރޭގެ އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް އިނާޔަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ ސީނިއާ އެނަލިސްޓެއް ކަމަށްވާ ސުމޭދާ ދާސްގުޕްތާ ވިދާޅުވި ގޮތުގައި އިންޑިއާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނާއި، އުފެއްދުންތެރިކަމުގެ އަގު ހެޔޮވުމާއި، އިންވެސްޓްމަންޓަށް ހުޅުވާލުމާއި، ވިޔަފާރިއާ ރައްޓެހި ސިޔާސަތުތައް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ނޮމުރާގެ ޗީފް އިކޮނޮމިސްޓް ސޮނާލް ވަރުމާ ވިދާޅުވީ އިންޑިއާގެ ޖީޑީޕީ މިހާރުވެސް ކޮވިޑްގެ ކުރިން އޮތް މިންވަރަށްވުރެ މަތީގައި އޮތް ނަމަވެސް، ކުރިއަށް އޮތް ކުއާޓަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ.

"ހަގީގީ ޖީޑީޕީ މިހާރު އޮތީ ކުރިއެރުމުގެ ރޭޓަށް ބަލާއިރު ކޮވިޑުގެ ކުރިން އޮތް މިންވަރަށް ވުރެ އަށް ޕަސެންޓް މަތީގަ. އެކަމަކު ކުރިއަށް އޮތް ވިސްނުމަށް ބަލާއިރު، ދުނިޔޭގެ މާލީ ހާލަތުން ވެސް ބޮޑެތި ގޯސްތަކެއް އެބަހުރި" ވަރުމާ ވިދާޅުވިއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓް ވިޔަފާރީގެ އައުޓްލުކް ދަށްވެދާނެ ކަމަށް ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!