Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުރީދޫ ފުޓްބޯޅަ ފޯރި: މިއަދު އޮތީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް!

އުރީދޫ ފުޓްބޯޅަ ފޯރި: މިއަދު އޮތީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް!

އުރީދޫން މި އަހަރުގެ ވޯލްޑްކަޕް ފޯރި ގަދަކުރުމަށްޓަކައި ބާއްވަމުން އަންނަ ތަފާތު ހަރަކާތްތަކުގެ ތެެރެއިން ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެެވެ.

އުރީދޫން ބުނިގޮތުގައި މި "ފުޓްބޯޅަ ފޯރި ކިޑްސް އީވްނިން" އޮންނާނީ މިއަދު ހަވީރު 4:00ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. އުރީދޫގެ ބްރޭންޑް އެމްބަަސަޑަރުންގެ ތެރޭގައި ހިމެނޭ މާޒިޔާ، މި ހަރަކާތްތަކުގެ ތެރެއިން ފެނިގެންދާނެއެވެ.

މިއަދުގެ ކުޑަކުދިންގެ ހަވީރުގައި މިނި ގޯލް ޝޫޓާއި، ހެޑިން ޗެލެންޖް، ޕެނަލްޓީ ޝޫޓް، އަދި ޓޫ ވާސަސް ޓޫ މިނިފުޓްބޯލް ފަދަ ފުޓްބޯޅައާ ގުޅުންހުރި ކަންކަން ކުރުމުގެ ފުރުޞަތު ކުޑަކުދިންނަށް ލިބިގެންދާނެއެވެ.

Advertisement
HDC — Sidebar (box)

އުރީދޫން ބުނީ ކޮންމެ އުމުރެއްގެ ކުޑަކުއްޖަކަށްވެސް މި ހަވީރުގައި ބައިވެރިވޭނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑްކަޕް ފޯރިގަދަ ކުރުމަށްޓަކައި އުރީދޫން ވަނީ މުބާރާތަށް ޚާއްސަ ލަވައެއް ލޯންޗުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 213 ފޭން ޒޯންވެސް ޤާއިމު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް