ކުޅިވަރު ފުޓްބޯޅަ

ބެލްޖިއަމްގެ ކޯޗުކަމުން މާޓީނޭޒް އިސްތިއުފާދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ބެލްޖިއަމް އަވަހަށް ކަޓައިގެން ދިއުމާ ގުޅިގެން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާދީފިއެވެ.

Ads by Sosun Fihaara

ބެލްޖިއަމް މުބާރާތުން ކަޓާފައި މިވަނީ ގުރޫޕް އެފް ގެ ފަހު މެޗުގައި ރޭ ކްރޮއޭޝިއާ އާއި ބައްދަލުކޮށް 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުންނެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތް މޮރޮކޯއަށް 7 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ވަނީ 5 ޕޮއިންޓް ލިބިފައެވެ. އަދި ބެލްޖިއަމް އޮތީ 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.

މާޓިނޭޒް ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ 2018ވަނަ އަހަރު ވޯލްޑް ކަޕްގައި ބެލްޖިއަމް ވަނީ ތިން ވަނަ އަށް ޖެހިފައެވެ. އޭނާ އެ ޓީމާ ހަވާލުވިތާ ހަ އަހަރު ވަނީ ވެފައެވެ.
މާޓިނޭޒް ބުނީ އޭނާ ވަކިވާން ނިންމީ "ވޯލްޑް ކަޕްގެ ކުރިން" ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!