Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މިއީ އެންމެ ކޮރަޕްޓް ސަރުކާރު: ގައްސާން

މިއީ އެންމެ ކޮރަޕްޓް ސަރުކާރު: ގައްސާން

މިއީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަށް އަންނަން 2018 ވަނަ އަހަރު ހެދި "ދޮގު" ވައުދުތައް ހާމަވެފައިވާ ކަމަށެވެ. އެގޮތުން އޭރު ވައްކަމާއި ދެކޮޅު ކަމަށް ބުނި ކަމަށާއި ނަމަވެސް މިއީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ގައްސާން ވިދާޅުވިއެވެ.

އަދި އިންސާފުގެ ދަތުރޭ ބުނި ކަމަށާއި ނަމަވެސް ފެންނަމުން ދަނީ އެކި މީހުންނަށް އެކި ގޮތް ހަދާ މަންޒަރު ކަމަށް ގައްސާން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

“ޖޭއެސްސީ ބޭނުންކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން އުޅުން އާންމުވެފަ” ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ދަރަނިވެސް ނުނަގަން ސަރުކާރުން ބުނި ކަމަށާއި ދަރަނި އެއްގޮތަކަށް ވެސް ނުނަގާތޯ ގައްސާން ވަނީ ސުވާލު ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް