ޚަބަރު ސިޔާސީ

ނިޒާމީ ވޯޓުގެ ވާހަކަ ދައްކަވާތީ، ސައުދުގެ ސުވާލެއް ނަޝީދަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙުމަދު--

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމުގެ ވާހަކަ ދައްކަވާތީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙުމަދު އެމަނިކުފާނާ ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.

Ads by STELCO

"އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ވޯޓެއް ނެގުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެވާހަަކަ ތަކުރާރުކޮށް ދަައްކަވައިފައެވެ.

މި ވާހަކަތަކާ ގުޅިގެން ސައުދު ކުރެއްވި ސުވާލަކީ، ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އެވަރުގެ ބޮޑު އިންތިޚާބެއް ބޭއްވުމުން، ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުވާނެތޯއެވެ؟

"ރައީސް ނަޝީދު ނިޒާމީ ވޯޓުގެ ވާހަަކަ ދައްކަވާއިރު، މަނިކުފާނު ނޫންތޯ ވިދާޅުވަމުން ތި ދަނީ ރާއްޖޭގެ މާލީ ޙާލަތު. ބަނގުރޫޓުވާނެ ކަމަށް. ދެ ދުވަހަށްވާ ފައިސާ ނެތް ކަމަށް." ސައުދުﷲ ވިދާޅުވިއެވެ.

އެންމެ ފަހުން ގެނެސްދިން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން އެ ޕާޓީގެ މެންބަރުން ގާތުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްވެފައިވާ އެންމެ ބޮޑު ވަޢުދަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށާއި ނަމަވެސް އެ ވަޢުދު ނުފުއްދޭ ކަމަށް  ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!