ޚަބަރު ސިޔާސީ

ޝަރުޢީ ނިޒާމަށް ނުފޫޒު ބޮޑުވެ، އާއްމުންނަށް ބިރަކަށް ވެއްޖެ: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު--

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ މިންވަރު އިތުރުވަމުން ގޮސް، އެކަން އާއްމުންނަށް ބިރަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން އެމީހުންގެ ޒާތީ ދިރިއުޅުމުގައިވެސް ކަންކަން ކުރަންވީ ގޮތުގެ އެސްއޯޕީއެއް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން އެކުލަވައިނުލާހާ ހިނދަކު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މަދު ނުވާނެ ކަމަށެވެ. ފަނޑިޔާރުން ލާންޖެހޭ ހެދުމުގެ ކުލައަށް ދަންދެން، އިޙްތިޔާރު ކުރަންވީ ޖޭއެސްސީން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި މަހާޒު ޢަލީ ސަޢީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ. މަހާޒަށް ތުހުމަތު ކުރަނީ ކުރީގެ ރައީސް ޔާމީން ޖަލު އަދަބުން މިނިވަންވި ޙުކުމް އިއްވެވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް މަހާޒު ވިދާޅުވަނީ އެއީ އޯޑަރުކޮށްގެން ގެނައި ކެއުމެއް ކަމަށާއި، ސުލޫކާ ޙިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި  ފަނޑިޔާރުކަމުގެ މަޤާމުގައި ހުރުމަށް ނުވަތަ މަޤާމު ދިފާޢުކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް،  ކުރާނެ ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

  1. ޖުޑިޝަރީ ރަގަޅުވާނީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުތްގަޑެއްހެން އޮތީމާ ނުންތޯ !