މެޗުން ބަލިވުމަށްފަހުވެސް، އޮސްޓްރޭލިއާގެ ކުޅުންތެރިން ކިޔު ހެދީ މެސީއާއެކު ސެލްފީ ނަގަން!

ހޮނިހިރު ދުވަހު އޮސްޓްރޭލިއާއާއި އާޖެންޓީނާ ބައްދަލު ކުރި މެޗުން އޮސްޓްރޭލިއާ ބަލިބިކަމުގައި ވިޔަސް، އެޓީމުގެ ކުޅުންތެރިން މެޗަށްފަހު މެސީއާ އެއްކޮށް ސެލްފީ ނަގަން ކިޔު ހަދައިފިއެވެ.
ދެތިން ކުޅުންތެރިއެއް އާޖެންޓީނާގެ ޑްރެސިން ރޫމް ބޭރުގައި މެސީ އަންނަންދެން މަޑުކޮށްލައިގެން ހުންނަތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެންދެއެވެ. މީގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަކީ ކްރެއިގް ގުޑްވިން، ކިއަނު ބެކަސް، ޖޯލް ކިންގް، އަދި މާކޯ ޓިލިއޯއެވެ.
މި ކުރު ވީޑިއޯކޮޅުން ފެންނަ ގޮތުގައި މި ކުޅުންތެރިން ޑްރެސިންގ ރޫމް ބޭރުގައި މަޑުކޮށްގެން ތިއްބާ މެސީ އާދެއެވެ. އަދި އެމީހުންގެ އެދުމުގެ މައްޗައް ފޮޓޯއަށް ހުއްޓިލައިގެން ހުރެއެވެ.
https://twitter.com/Lionel30i/status/1599278442784370688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1599278442784370688%7Ctwgr%5Ef16ff50343b118fcecb1fb849e76d756b0fa1fa3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Ffifa-world-cup-2022-watch-australia-players-queue-up-to-take-selfie-with-lionel-messi-3578364
މިހާރު މި ވީޑިއޯއަށް ވަނީ 7.8 މިލިއަން ވިއުސް ލިބިފައެވެ. އެއަށް ކޮމެންޓް ކުރާ މީހުން ދަނީ މެސީގެ ކާމިޔާބީގެ ވާހަކަތައް ދައްކަމުންނެވެ.
އެގޮތުން އެކަކު ކޮމެންޓް ކޮށްފައިވާ ގޮތުގައި މެސީއަކީ މިފަދަ ކާމިޔާބުކަމެއް އޮތް ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި އޭނާއާ އެއްކޮށް ފޮޓޯނަގަން ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާއާއި ބައްދަލު ކުރި މެޗަކީ މެސީގެ 1000 ވަނަ މެޗެވެ. މި މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި އޭނާގެ 789 ވަނަ ލަނޑުވެސް ޖަހައިފައެވެ. ނޮކްއައުޓް ސްޓޭޖް ފަހަނަ އަޅައި ގޮސް އާޖެންޓީނާ ދެން ކުއަރޓާ ފައިނަލްގައި ބައްދަލު ކުރާނީ ނެދަލެންޑްސް އާއެވެ. މި މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.







ކޮމެންޓް