Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަތް ހޮސްޕިޓަލު އަޅާނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާނު ކުރައްވައިފި

ހަތް ހޮސްޕިޓަލު އަޅާނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާނު ކުރައްވައިފި

ކުވޭތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިޢުލާނުކުރައްވައިފިއެވެ. އިޢުލާންގައިވާ ގޮތުން ހެލްތް މިނިސްޓްރީން އެދިވަޑައިގެން، ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ.

ހޮސްޕިޓަލުތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުއްޓެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރު ނުވަތަ އެ އަދަަދަށްވާ ދިވެހި ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހޭއިރު، ބީލަމުގައި ބައިވެރިވުމަށް  1،500 ރުފިޔާގެ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެއެވެ. ބިޑްގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަޤްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިންނެވެ. މި ހޮސްޕިޓަލްތައް ހެދުމަށް ބިޑް ހުށަހެޅުމަށް މީގެކުރިން ވެސް ދެ ފަަހަރަކު ފިނޭންސް މިނިސްޓްރީން އިޢުލާނު ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް