ޚަބަރު ސިއްޙަތު

ރާއްޖޭގައި ފަސް މީހުންގެތެރެއިން އެކަކަށް ޑިޕްރެޝަންގެ އުނދަގޫ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ކޮންމެ ފަސް މީހުންގެތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިޙްސާސްކުރާ މީހުންކަަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެެއެވެ.

Ads by STELCO

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ''ކިހިނެއް'' ފެށުމަށް އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި އޮތް މިންވަރު އިތުރުވެފައިވާއިރު، މި ބަލިތައް ތަހައްމަލު ކުރާ މީހުންނާއި އެ މީހުންގެ ޢާއިލާތަކަކީ ތަފާތު ނަފުސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭ ބައެއް ކަމުގައެވެ.

އަދި ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫތައް އިޙްސާސް ކުރާއިރު ތަޢުލީމީ މަރުކަޒުތަކާއި މަސައްކަތުގެ މާހައުލުތަކާއި ސޯޝަލް މީޑިއާގައި އެކަކު އަނެކަކާ ހަނގާ ކުރުމާއި އަބުރު ކަތިލުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުުރުން މިނިސްޓަރު ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއަކީ ވެސް މަސްތުވާ ތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ނޭދެވޭ އާދަތައް ގިނަ މުޖުތަމައުއެއް ކަމަށެވެ. އަދި ޑްރަގްގެ ވިޔަފާރިއާއި ޑްރަގް ބޭނުން ކުރުމާއި އެކަމާ ގުޅިފައިވާ ތަފާތު މާރާމާރީތަކާއި ހަމަ ނުޖެހުންތަކާއި އިޖުތިމާއީ މައްސަލަތަކަކީ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާގޮތުން ނޭދެވޭ އަސަރު ކުރާ ކަންކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރާ ފަރާތްތަކާމެދު މުޖުތަމައުން ދެކޭ ގޮތް އަދި ކަންކަން ކުރެވޭ ގޮތުން އެ މީހުންގެ ހާލަތު އިތުރަށް ގޯސްވޭ. މި ކެމްޕޭންގެ ސަބަބުން ނަފްސާނީ ސިއްހަތާ މެދު މީހުން ދެކޭގޮތާއި މައުލޫމާތު ހުރި މިންވަރާއި ތަފާތުކުރުންތަކާއި ހޭލުންތެރިކަން ކުޑަ މިންވަރު ފާހަގަކުރެވިފައިވޭ.

މިނިސްޓަރު ވިދާޅުވީ ސިއްޙީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ އަދި ނަފުސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުން ކަމަށެވެ.

އަދި ސިއްހަތަކީ އަސާސީ އިންސާނީ ޙައްޤެއް ކަމަށާއި މި ޙައްޤު ކަށަވަރުކުރެވޭނީ ނަފްސާނީ ސިއްހަތު ވެސް ކަށަވަރު ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ރަށްރަށުގައި ތިބެގެން ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެ ފަރުވާ ފެށުމެވެ.

  1. އަބްދޫ

    ރާއްޖޭގެ ކޮނ1ްމެ 5 މިހުން އެކަކު މިންވަރަށް އީމާން ނުވަނީ ތަ؟

  2. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަކީވެސް ޑިޕްރެޝަން އިތުރުވާކަމެއް ! ވަޒީފާ އަދާކުރާ މީހަކަށްވެސް އެއްވެސް އުފަލެއް ނުލިބޭ އަބަދު ހާސްކަންމަތީ އުޅެންޖެހެނީ !