އިންޑިއާގައި ޖުވާ ކުޅުމަށް ހިތްވަރުދޭ އިޝްތިހާރުތައް ނުދެއްކުމަށް ގޫގަލް އިން އަންގައިފި
އިންޑިއާގައި ޖުވާ ކުޅުމަށް ހިތްވަރުދޭ އިޝްތިހާރުތައް ނުދެއްކުމަށް އެދިއްޖެއެވެ.
އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީގައި މިކަން ހިނގަމުންދާކަން އެނގޭ ފަރާތަކާ ހަވާލާދީ މިންޓް ނޫހުން ބުދަ ދުވަހު ބުނީ ބޭރުގައުމުތަކުގެ ބެޓިން ކުންފުނިތަކުގެ އިޝްތިހާރުތައް ނުދެއްކުމަށް އިންޑިއާއިން ގޫގުލްއަށް އަންގާފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި އަލްފަބެޓް އިންކްގެ ގޫގުލް އިންޑިއާ ބްރާންޗަށް ފޮނުވި ސިޓީއެއްގައި ބެޓިން ޕްލެޓްފޯމްތަކުން ޑައިރެކްޓް ނުވަތަ އެނޫން ވެސް ގޮތަކަށް، ޖުވާކުރުމަށް ހިތްވަރުދޭ ކުރާ ހުރިހާ އިޝްތިހާރުތައް ސާޗް ރިޒަލްޓްއަދި ޔޫޓިއުބްގައި ވަގުތުން އުނިކުރުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އޮންލައިން ގޭމް ކުޅުމުގެ އިންޑިޔާގެ ޕްލޭންޑް ރެގިއުލޭޝަން، ރިއަލް މަނީ ގޭމްތަކަށް ވެސް އަމަލުކުރަން ފަށާނީ ހަމައެކަނި ހުނަރުވެރި ކުޅިވަރުތައް ރެގިއުލޭޓްކޮށް، ފުރުސަތުގެ ކުޅިވަރުތައް ދޫކޮށްލުމަށް ބޮޑުވަޒީރުގެ އޮފީހުން ހުށަހެޅި ހުށަހެޅުން ބާތިލްކުރުމާ ގުޅިގެން ކަމަށް ސަރުކާރުގެ ލިޔުމަކާއި ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބުނެފައިވެ އެވެ.
"އެންމެ ފަހުން 3 އޮކްޓޫބަރުގައި ދިން އެޑްވައިޒަރީއަށް ފަހު ޓީވީ ޗެނަލްތަކާއި މީޑިއާތަކުން އޮންލައިން ބެޓިން ފާމްތަކުގެ ސަރޮގޭޓް އިޝްތިހާރުތައް ދެއްކުން ހުއްޓާލި ނަމަވެސް ޔޫޓިއުބާއި ގޫގުލްގައި މިފަދަ ގިނަ އިޝްތިހާރުތަކެއް ހިނގަމުންދާކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައީ. މިކަން ވަގުތުން ހުއްޓާލުމަށް ގޫގުލްއަށް އަންގާފައިވާނެ،" މިނިސްޓްރީގެ އިސް އޮފިޝަލަކު މިންޓްއަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ރޮއިޓާސްގެ ބަހެއް ހޯދުމަށް ގޫގުލް އިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އިންޑިއާއިން އޮންލައިން ގޭމްތައް ހުނަރުވެރިކަމަށް ނުވަތަ ފުރުސަތެއްގެ މައްޗަށް ބިނާކޮށް ގިންތިކުރުމަށް ރެގިއުލޭޓަރީ ބޮޑީއެއް އުފައްދައި، މަނާ ފޯމެޓްތައް ބްލޮކް ކުރެވޭނެ އުސޫލެއް ތައާރަފްކޮށް، ޖުވާ ކުޅޭ ވެބްސައިޓްތަކުގައި ހަރުކަށި ސްޓޭންޑެއް ގެންގުޅެން ޖެހޭ ކަމަށް ސަރުކާރުގެ ޕެނަލަކުން މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވަނީ ނިންމާފައެވެ.