Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާ އިން 200 މިލިއަންގެ ޑޮލަރުގެ ކަރަންސީ ސްވޮޕެއްދީފި

އިންޑިއާ އިން 200 މިލިއަންގެ ޑޮލަރުގެ ކަރަންސީ ސްވޮޕެއްދީފި

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ރާއްޖޭގެ މަރުކަޒީ ބޭންކަށް 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފިއެވެ.

އާރުބީއައި އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިއީ ސާކު ގައުމުތަކާ އެކު އެކުލަވާލާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ހަމަޖައްސައިދިން ކަރަންސީ ސްވޮޕެއް ކަމަށެވެ.

މިއީ ރާއްޖެ އަށް ބޭނުންވާ ބޭރު ފައިސާ ކުރު މުއްދަތުގައި ލިބޭނެ ގޮތް ހެދުމުގެ ގޮތުން ދިން ކަރަންސީ ސްވޮޕެއް ކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ހާމަކުރެ އެވެ. މި އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ އިހުތިޔާރު ރާއްޖޭގެ މަރުކަޒީ ބޭންކަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ވަނީ 100 މިލިއަން ޑޮލަރު ދީފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

އިންޑިއާ އިން މީގެކުރިން ވެސް ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް މާލީ ގޮތުން އެހީ ފޯރުކޮށްދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް