Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދޯންޏެއްގެ ބުރަފަތީގައި ޖެހި، ދިވެއްސަކަށް ބޮޑެތި ޒަހަމްތަކެއް

ދޯންޏެއްގެ ބުރަފަތީގައި ޖެހި، ދިވެއްސަކަށް ބޮޑެތި ޒަހަމްތަކެއް
ދޯންޏެއްގެ ބުރަފަތީގައި ޖެހި، މީހެއްގެ ޙާލު ދެރަ ވެގެން ފަރުވާ ދެމުން އެބަދެއެވެ. މަހަށް ގޮސް އުޅުމުގެ ތެރޭގައި މިއަދު ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ޒަހަމް ވެފައިވަނީ ގއ.ކަނޑުހުޅުދޫ، ދިލާސާގެ، އުމުރުން 55 އަހަރުގެ މުޙައްމަދު ޝަފީޤެވެ. "ގެލެރީ" ނަމަކަށް ކިޔާ ދޯނީގައި މި ހާދިސާ ހިނގީ، ބުރަފަތީގައި ވަލެއް އޮޅިގެން، އެ ނަގަން އުޅުމުގެ ތެރޭގައިކަން މި ނޫހަށް އެނގިފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ފަރުވާ ދެމުން އަންނަނީ ގދ.ގައްދޫ ހޮސްޕިޓަލުގައެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އެކި ވަރުގެ ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކޮނޑުހުޅަށާއި ކަށިމަައްޗަށާއި ކަކުލަށް އެކި ވަރުގެ ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް