ޚަބަރު

ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ޖުޑީޝަރީގެ 50 އޮފިޝަލުން އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑަމަކީ (އެން.ޖޭ.އޭ.އައި)ގައި ހިންގޭ، ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާ 50 ޖުޑީޝަލް އޮފިސަރުން ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ބޯޕާލްއާއި ރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނާ ދެމެދު 2020ގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.ގެ ދަށުން، 200 ދިވެހި ޖުޑީޝަލް އޮފިޝަލުންގެ ގާބިލްކަން އިތުރުކުރުމަށް، 12ން 15ށް އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާ (އެން.ޖޭ.އޭ.އައި)ގައި ރާއްޖޭގެ ޖުޑީޝަލް އޮފިޝަލުންނަށް ފަރުމާކޮށް ހިންގޭ ފުރަތަމަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝަލް އޮފިޝަލުން ފުރުމަށް ހަމަޖެހިފައިއެވެ.

މި އެމް.އޯ.ޔޫގެ ދަށުން، ކޮވިޑް-19 ޕެންޑެމިކް ތެރޭގައި އެން.ޖޭ.އޭ.އައި.އިން އޮކްޓޯބަރ 2021ގައި ހިންގި ވަރޗުއަލް ތަމްރީންތަކުގައި 39 ރާއްޖޭގެ ޖުޑީޝަލް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރ މުނު މަހާވަރު ދެއްކެވި ވާހަކަފުޅުގައި، ތަމްރީނާއި ގާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އިންޑިއާއާ ދިވެހިރާއްޖެ ދެމެދު ކުރެވޭ މަސައްކަތަކީ މި ގުޅުމުގެ މައި އެއް ތަނބުކަން ފާހަގަކުރެއްވިއެވެ. އަދި މި ތަމްރީންގެ ބައިވެރިންނަށް މިއީ ފާހަގަކޮށްލެވޭ އަދި ފައިދާކުރުވަނިވި ފަހި ދަތުރަކަށް ވެގެންދާނެކަމުގައި އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޗީފް ޖަސްޓިސް މުއުތަސިމް އަދުނާނުގެ ވާހަކަފުޅުގައި، ބައިވެރިންނަށް މަރްހަބާ ވިދާޅުވެ، މިފަދަ ތަމްރީންތަކަކީ ޖުޑީޝަލް ދާއިރާއަށް ވަރަށް މުހިންމު ފުރުސަތުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ބައިވެރިންނަށް މި ދަތުރުން ލިބޭ އިލްމާއި ތަމްރީންގެ އަލީގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދުލު އިންސާފު ގާއިމުކުރުމުގައި މަސައްކަތްކުރުން އިތުރަށް ފުޅާކޮށް، މުޅި ޖުޑީޝަރީއަށް އޭގެ ފައިދާ ކުރާނެހެން ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ޖޭ.އެސް.ސީން އެދިފައިވާ ފަދައިން ފަރުމާކުރެވިފައިވާ ފުރަތަމަ އިން-ޕަރސަން ޓްރެއިނިންގ ޕްރޮގްރާމްގެ ތެރޭގައި ހިމަނާފައިވާ ބައިތައް ބިނާވެފައިވާނީ ލެކްޗަރ އަދި ޑިސްކަޝަންގެ މައްޗަށެވެ. އެގޮތުން މި ތަމްރީން ސެޝަންތައް ކުރިއަށް ގެންދެވޭ މައުލޫތަކުގެ ތެރޭގައި ގޯލްސް، ރޯލް އެންޑް މިޝަން އޮފް ކޯޓް، އެލެމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއަރ، ޖަޖިންގ ސްކިލްސް، އާރޓް، ކްރާފްޓް އެންޑް ސައިންސް އޮފް ޑްރާފްޓިންގ ޖަޖްމަންޓް، ސިވިލް އެންޑް ކްރިމިނަލް ޖަސްޓިސް އެޑްމިނިސްޓްރޭޝަން، އެލަޓަރނޭޓް ޑިސްޕިއުޓް ރީޑްރެސަލް ސިސްޓަމް، ރޯލް އޮފް އައި.ސީ.ޓީން ޖުޑީޝަލް ޕްރޮސެސަސް، އީ-ކޯޓްސް އަދި ޒަމާނީ ޖުޑީޝަލް ދާއިރާއިން އުފެދެމުން އަންނަ މިފަދަ ކަންކަމުގެ މައްޗަށެވެ.

މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެކު މައުލޫމާތު ހިއްސާކޮށް އުގެނުމުގެ ފުރުސަތު ދެފަރާތައްވެސް ފަހިވެގެންދާނެއެވެ.

  1. ޯޒާހިރު

    ޯއަޅުގަންޑުބުނެލައްބޭނުއްވަނީމިހާރައްވުރެއްބޕޑައްޖުޑިސަރީގާބިލުކައްލިބިއްޖެނައެފަޑިޔާރުއްތިބޭނީހައްދުއްނެއްޓޭވަރުގަމިހެއްމިބުނައްޖެހުނުސަބަބަކީމިހަރުވެސްބައެއްފަޑިޔާރުއްހުކުއްކުރަމުއްއެގެއްދަވަނީ.ރައިސްސޯލިހުއަންގަވާތަކައްއެގޮތައްއަމަލުނުކޮއްފިނަމަ.އެފަޑިޔާރަކުސުލޫކީމައްސަލަބަލައްފަސާނެ.މިހުތިއައުޅެނީރަތްޔިތުއްނައްއޮޅުވާލާގެއް.ކުރުއައްމިއޮތްރިޔާސީއިންތިހާބުވަގައްނަގައް