Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފިހިގެން ފަރުވާދެމުން ދިޔަ މީހާ ނިޔާވެއްޖެ

ގދ. ގައްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުންދިޔަ މީހާ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ މީހެކެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވަނީ މިރޭ 8:30ކަންހާއިރުއެވެ.

އޭނާ ފިހިފައިވަނީ ގޭސް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ. އެނގިފައިވާ ގޮތުގައި، ގައިގައި އަލިފާން ހިފުމުން، އަލިފާން ނިއްވާލުމަށްފަހު ގދ. ގައްދޫ ސިިއްހީ މަރުކަޒަށް އަމިއްލައަށް އޭނާ ދިޔައެވެ. ދިޔައިރު ގައިގެ 50 އިންސައްތަ ހުރީ ފިހިފައެވެ. ރޭގެ ވަގުތެއްގައި އިތުރުފަރުވާއަށް އޭނާ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް