ޚަބަރު

މޮރޮކޯއިން ހޯދީ މުސްލިމުން ފަޚުރުވެރިވުން ހައްޤު ކާމިޔާބީއެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޝެއިޚް ޑރ.މުޙަައްމަދު އިޔާޒު--

ވޯލްޑްކަޕްގައި މޮރޮކޯއިން ހޯދީ ހުރިހައި މުސްލިމުންވެސް ފަޚުރުވެރިވުން ހައްޤު ކާމިޔާބީއެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ.އިޔާޒު ވިދާޅުވީ މޮރޮކޯގެ މި ކާމިޔާބީއަށްޓަކައި ހުރިހައި މުސްލިމުންވެސް އުފާ ފާޅު ކުރުން ހައްޤު ކަަމަށެވެ. މުސްލިމުންނަކީ، އެއްބަޔަކު އަނެއްބަޔަކަށް ލިބޭ އުފަލާއި ހިތާމައިގައި ބައިވެރިވާ ބައެއް ކަމަށްވެސް ޑރ،އިޔާޒު ވިދާޅުވިއެވެ.

"އެއް މުސްލިމަކަށް ލިބޭ އުފަލުގައި އެހެނިހެން މުސްލިމުންވެސް ބައިވެރިވާންޖެހޭ. ހަމައެފަދައިން އެކަކަށް ލިބޭ ހިތާމައަކީވެސް އެންމެންނަށް ލިބޭ ހިތާމައެއް.ދުނިޔަވީ ކަމެއްގައި ނަމަވެސް މުސްލިމުންނަށް ކާމިޔާބު ލިބުމަކި ހުރިހާ މުސްލިމުން އެކަމުގެ އުފާ ފާޅުކުރުން ޙައްޤު ކަމެއް."

މިއަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރފައިނަލްގައި، ރޭ ވަރުގަދަ ޕޯޗުގަލް 1-0އިން ބަލިކޮށް، މޮރޮކޯއިން ވަނީ ތާރީޚީ މޮޅެއް ހޯދައި، ފުރަތަމަ ފަހަރަށް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

37 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޮރޮކޯ އަކީ 99 އިންސަައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމީ ގިނަ ޤައުމުތަކުން އަންނަނީ މޮރޮކޯގެ މޮ ތާރީޚީ ކާމިޔާބީ، ފަޚުރުވެރިކަމާއެކުގައި ފާހަގަކުރަމުންނެވެ.

 

 

Ads by Allied Insurance
  1. މިއީ މުސް ލިމު މީހާ

    މިއޭހުރިހާ މުސް ލިމުން މޮރޮކޯ އައްޓަކާ ފަޚުރުވެރި ވާވީފަހަރު الحمد لله

  2. ކެޔޮޅުބެ

    މިކަލޭގެ އަނގަ ނުބާނާ ކަމެއް ނޯވޭތަ؟
    މީ ދީނީ ވާހަކަ ދައްކާ މީހެކޯ ހަމައެކަނި.އެކަމު ހުރިހާ ކަމަކާބެހޭ.