ބްރިޖް މަތިން ފުންމާލަން އުޅުނު ކުއްޖަކު ސަލާމަތްކޮށްފި
ބްރިޖް މަތިން ފުންމާލަން އުޅުނު ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިކަން ހިނގާފައިވަނީ މިރޭ އިރުއޮއްސި ހައެއް ޖަހާ ކަންހާއިރު ކަމަށެވެ. އަދި ބްރިޖްމަތިން ފުންމާލަން މަސައްކަތްކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށާއި އެކުއްޖާ މިހާރު ހުރީ ޖެންޑާގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކުއްޖާ ސަލާމަތްކޮށްފައިވަނީ ފުލުހުންނާއި އެ ސަރަހައްދުގައި ތިބި އާއްމުންގެ އެހީތެރި ކަމާއެކުގައެވެ.
މީގެ ކުރިން ވެސް ބްރިޖްއިން ފުންމާލަން ބައެއް އެކި ފަހަރުމަތިން މީހުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ހިތާމަވެރި ހާދިސާއެއް ހިނގާފައެއް ނުވެއެވެ.
Ads by Allied Insurance