Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަނބިމީހާ މަރާލި ކަމަށް ތުހުމަތުވާ ފައިސަލް 15 ދުވަހަށް ބަންދުކޮށްފި

އަނބިމީހާ މަރާލި ކަމަށް ތުހުމަތުވާ ފައިސަލް 15 ދުވަހަށް ބަންދުކޮށްފި

ހދ. ނޮޅިވަރަމުގައި މާރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަރާލާފައި އޮއްވާ ފެނިފައި ވަނީ 28 އަހަރުގެ ނިޝާމާ މުހައްމަދުއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވަނީ ނިޝާމާގެ ފިރިމީހާ، އުމުރުން 32 އަހަރުގެ، އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުންވަނީ ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ. އަދި މައްސަލަ ދަނީ ތަޙްޤީޤް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް