ހަތަރު އަހަރުވީއިރު މަޑަވެލީގައި އޭޓީއެމް އެއްހާ މިންވަރު ގާއިމު ކޮށްނުދެވުނު: ފިރުޝާން

ސަރުކާރަށް ހަތަރު އަހަރުވީއިރު އެންމެ ކުޑަމިނުން ގދ.މަޑަވެލީގައި އޭޓީއެމް އެއްހައި މިންވަރު ގާއިމުކޮށް ނުދެވުނުކަމަށް ވިދާޅުވެ އެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރު ޙުސައިން ފިރުޝާން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ފިރުޝާން ވިދާޅުވީ މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގެ އެންމެ ގިނައިން މަސްކިރުވި ދޯނިތަކަކީ މަޑަވެލީ ދޯނިތައް ކަމަށާއި އެންމެ މޮޅު ކެޔޮޅުން ތިބީ މަޑަވެލީގައި ކަމަށެވެ. އެކަމަކު މިދިޔަ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި އައިސް ޕްލާންޓ ވީ ހިސާބެއް ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭޓީއެމް އެއްހާ މިންވަރު ގާއިމު ކޮށް ނުދެވުނު. ވެރިކަމަށް 4.ފިރުޝާން ވިދާޅުވީ މަސްވެރިންނަށް އެވޯޑު ދެވިދާނެ ކަމަށާއި އެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް ފަސޭހައެއް ނެތް ކަމަށެވެ. އެވޯޑަކުން މަޑަވެލި މަސްވެރިން އުފުލަން ޖެހިފައިވާ ތަކުލީފު ކުޑައެއް ވެސް ނުވާ ކަމަށެވެ. ފިރުޝާން މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން ރޭ ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި މަސްވެރިންނަށް އެވޯޑު ދިނުމުން އެކަމަށް ޢިޝާރަތް ކުރައްވައެވެ.






ކޮމެންޓް