ޕީޕީއެމްގެ ވެރިކަމެއް އަތުވެއްޖެނަމަ ދެން ދުވަހަކު ވެސް ސަލާމަތްނުވާނެ: ނިހާދު

އިދިކޮޅު ޕީޕީއެމަށް، އަނެއްކާވެސް ވެރިކަން ލިބިއްޖެނަމަ، ދެން ދުވަހަކު ވެސް ސަލާމަތްނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.
ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ މެންބަރުން އެދެނީ އެ ޕާޓީގެ ވެރިކަމެއް އޮންނާން ކަމަށެވެ. އެކަމަކު އެމްޑީޕީ އިސްވެ އޮވެ އުފައްދާ ވެރިކަމެއް ވިޔަސް އަނިޔާވެރި ބައެއްގެ އަތް މައްޗަށް ވެރިކަން ދީލައިލަން ޕާޓީގެ މެންބަރުން ބޭނުމެއްނުވާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުންނަށް ސާފުވާ ކަމަކީ ޕީޕީއެމްގެ ބާރު އޮތް ވެރިކަމެއް އަތުވެއްޖެނަމަ ދެން ދުވަހަކު ވެސް ސަލާމަތް ނުވާނެކަން.
ނިހާދަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމާއި އެ މަނިކުފާނުގެ ސިޔާސަތުތަކަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.
ދާދިފަހުން ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެނބުރި އަނިޔާވެރިކަމަށް ދާން އެމްޑީޕީ މެންބަރުން ނޭދޭ ކަމަށާއި ހުރިހައި ވެރިން ޖަލުގައި ތިބޭ މަންޒަރު ދެކެން އެމްޑީޕީ މެންބަރުން ނޭދޭ ކަމަށެވެ.
ފޭދޫ ދާއިރާޔައް ތިކަހަލަ ނުކިޔަވާ ހުރި ވަގަކު ދެވަނަ ދައުރަކައްހޮވައިފިއްޔާ އެބަޔަކު ސަލާމައް ނުވާނެ ދުވަހަކުވެސް
ނިހާދުއެބުނަނީ މިހާރު ލާރިކަމުންދާ ނިހާދުމެންފަދަމީހުން ސަލާމަތްނުވާނެވާހަކަ ،ކުރިން ބުރަމަސއްކަތްކޮއްގެން ވެރިކަމާ މަޖިލީހާހޯދަދިނީމަ ބޭރުކޮއްލި އަަްލުއެމްޑީޕީމީހުން ނުޖެހޭ އަނެއްކާ މި އޯލްޑް ޑީއާދުޕީޓީމައް ވެރިކަންހީދަދޭކައް