ޚަބަރު ސިޔާސީ

އެއް ރުފިޔާ ވެސް ވަގަށް ނަގާފައެއް ނޯންނާނެ: ދުންޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދަޢުލަތުގެ ފައިސާއިން އެއް ރުފިޔާ ވެސް ވަގަށް ނަންގަވައިފައެއް ނޯންނާނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މިއަދު 11:00 ދުންޔާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފައެވެ.

ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ކުރަނީ ސިޔާސީ ގޮތުން ކުރާ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ ކުރާ ފުރައްސާރައެއް ކަމުގައެވެ. އަދި ސަރުކާރާއި ދިވެހި ރައްޔިތުންގެ އަތުން އެއް ރުފިޔާ ވެސް
ވަގަށް ނަންގަވައިފައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުންޔާ ވަނީ ޙައްޤުގެ މަގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދުންޔާ އޭސީސީއަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ވާ ގޮތުން ޚިޔާނާތުގެ ފައިސާއިން ދުންޔާއަށް 200,000 ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ.

Ads by Ooredoo
  1. ރައްްޔިތުމީހާ

    ކޮބާތަ ޙައްޤުގެމަގަކީ ޙައްޤުގެމަގަކީ އިބޫޞާލިޙް ސަރުކާރުން ދީނަށް ފުރައްސާރަކުރުމާއި ކީރިތިޤުރުއާނަށް ޖޯކުޖެހުމާ، ވެންޓިލޭޓަރ ތަކުން ވައްކަންކުރުމާ، ޤައުމުގެ އެކިއެކި ބިންބިމާއި ކަނޑުތަށް ހިތުހުރިވަރަކަށް ބަހާ އަދި ކުރެވޭން އޮތްގޮތަކަށް ރައްޔިތުމީހާ ޖުރިމަނާ ކުރުމާ ޞުލްޙަވެރި މުޒާހަރާތަކުގެ ބައިވެރިންނަށް ޙާލަތާ ނުބައްދަލު އަނިޔާތައް ކުރަމުންދާއިރު އެކަންކަންއެއީ ރަނގަޅުކަންތައްކަމަށް ދެއްކުމަށް ދުންޔާވެސް ބައިވެރިގެން މަސައްކަތް ކުރުންދޯ؟
    ދުންޔާމެން ކަހަލަ މީހުން ތިފަދަ ދެއުޅިއެއްނުވާ ވާހަކަދެއްކީމާ އަހަރުމެންގާތަށް ވަރަށްހިނިއާދޭޭ
    ދުންޔާ ބުނަންތަ ރަނގަޅުވާހަކައެއް ކަލޭމެން ތިޔަކުޅޭ ޑުރާމާތަށް ރައްޔިތުންނަށް މިހާރު އެބައެނގޭ
    އަދި ކަލޭމެންގެ ތިޔަމަކަރުވެރި ވާހަކަތަކެއް ރައްޔިތުންނެއް މިހާރަކު ޤަބޫލެނުކުރޭ