ޚަބަރު ސިޔާސީ

ޓެރަރިޒަމްގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ފުލުހުންގެ އިސްވެރިންނަށް: ނަރީޝް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޓެރަރިޒަމްގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ފުލުހުންގެ އިސްވެރިންނަށް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަރީޝް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނަރީޝް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލި މައްސަލައިގައި ދެފުށް ފެންނަ ތަޙްޤީޤެއް ކުރައްވައިފިނަމަ ޓެރަރިޒަމްގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ފުލުހުންގެ އިސްވެރިންނަށް ކަން ސާފުވެގެންދާނެ ކަމުގައެވެ.

ޓެރަރިޒަމްގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ފުލުހުންގެ އިސް ވެރިންނަށް. ހުޅުވިފައިވާ ރަނގަޅު ދެފުށް ފެންނަ ތަޙްޤީޤެއް ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަ ދުއްވައިލަން ހަމަލާދިން މައްސަލައިގައި ކޮށްފިނަމަ މިކަން ސާފުވާނެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލީ މިދިޔަ އަހަރުގެ މެއިމަހުގެ ހަވަނަ ދުވަހުއެވެ. އެ ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ދަޢުވާ އުުފުލީ ވ.ތިނަދޫ ހިޔާ އަދުހަމް އަޙްމަދު ރަޝީދަށާއި މއ.ފޭރުގޭ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާ ތަހުމީން އަޙްމަދާއި ގއ.ވިލިނގިލީ ހުދުރުވާގޭ ފަހުމީ ޢަލީއާއި އއ.މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމާއި ނ.މަަނަދޫ ނޫރީގެ ޢަލީ ހައިޝަމާއި މ.ކުދެހިގޭ އިސްޙާޤުގެ މައްޗަށެވެ.

މި މައްސަލައިގައި އަދުހަމަށް މިދިޔަ އަހަރު ވަނީ ޙުކުމްކޮށްފައެވެ.

ދުރާލައި ރާވައިގެން ރައީސް ނަޝީދަށް ދިން ހަމަލާއަށް ދޮޅުއަހަރުވެފައިވާއިރު އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމަލާގެ އަޑީގައި ތިބި ނުވަތަ އެކަމަށް ޚަރަދުކުރި ބަޔަކު މިހާތަނަށް ވެސް ހޯދިފައިނުވުމެވެ.

ސަރުކާރުގެ އަމާޒަކީ އެ މައްސަލައިގައި ޝާމިލްވާ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ. އޭގެފަހުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވި ގޮތުގައި މެއި ހައެއްގެ ހަމަލާއަކީ ފުލުހުން ކުރެއްވި އެންމެ ގޮންޖެހުން ބޮޑު އެންމެ ކާމިޔާބު ތަޙްޤީޤެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!