ކުޅިވަރު ފުޓްބޯޅަ

އިންގްލެންޑް ޓީމުން އަނބުރާ ރަށަށް ގެނައީ ބުޅަލެއް

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ވޯލްޑް ކަޕް ތަށި ނުލިބުނަސް އިންގްލެންޑްގެ ޓީމުން އަނބުރާ ރަށަށް އަންނަނީ ހުސްއަތާއެއް ނޫނެވެ. ޤަތަރުން ފެނުނު "ޑޭވް ދަ ކެޓް" ގެ ނަމުން ނަން ދީފައިވާ ބުޅަލެއް އިންގްލެންޑަށް ގެންނަން އެ ޓީމުން މިވަނީ ނިންމައިފައެވެ.

Ads by Sosun Fihaara

އިންގްލެންޑްގެ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކައިލް ވޯކާއާއި، ޖޯން ސްޓޯންސްއަށް މަގުމަތިން ފެނުނު މި ބުޅާ އެމީހުންނާއެކު މި 3 ހަފުތާވެސް ވަރަށް އޮޅުކޮށް އުޅެފައިވެއެވެ. އެމީހުންގެ އިންސްޓަގްރާމްގައިވެސް މި ބުޅަލުގެ އެކި ފޮޓޯ ތަކާ ވީޑިއޯތައް ހިއްސާވެސް ކޮށްފައިވެއެވެ.

ޑޭވްގެ ނަމުން މި ބުޅަލަށް ނަން ދިނީ ސްޓޯންސްއެވެ.  ވޯކާ ބުނެފައިވަނީ އިންގްލެންޑް ވޯލްޑް ކަޕް ތަށި އުފުލައިލުމަށްފަހު އެނބުރި ރަށަށް ދާނީ ޑޭވް ގޮވައިގެން ކަމަށެވެ.

ވޯލްޑް ކަޕް ހޯދުމުގެ ހުވަފެން ހަގީގަތަކަށް ނުވި ކަމުގައި ވިޔަސް، އިންގްލެންޑްގެ ޓީމަށް ޑޭވްއަށް އަލްވަދާޢު ކިޔުން މިވީ މާ އުނދަގޫކަމަކަށެވެ، އެހެންކަމުން މި ނިންމީ ބުޅާ ގޮވައިގެން އެނބުރި އިންގްލެންޑަށް ދާށެވެ.

ޑޭވް އިންގްލެންޑަށް ގެންދިޔުމަށްފަހު ވެޓް ކްލިނިކަކަށް ގެންގޮސް ވަނީ ޓެސްޓުތަކެއް ހަދާ ވެކްސިން ޖަހައިފައެވެ. އަދި 4 މަސް ވަންދެން ކަރަންޓީނުގައި ބޭންދުމަށްފަހު އެ ބުޅާ ހުންނާނީ މެންޗެސްޓަރ ސިޓީގެ ކައިލް ވޯކާ ނޫނީ ޖޯން ސްޓޯންސް ގާތުގައި ކަމަށް އެމީހުން ބުނެފައިވެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!