Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

6 މީހަކަށް ސީރިޔަސް އަނިޔާތަކެއްވެ، 72 މީހަކަށް ފަރުވާދެނީ

6 މީހަކަށް ސީރިޔަސް އަނިޔާތަކެއްވެ، 72 މީހަކަށް ފަރުވާދެނީ

ތިލަމާލެ ބްރިޖް މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމަޑޭޝަންގައި ރޭ ރޯވި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރޭ މެންދަމު 12:30 ހާއިރު އަލިފާން ރޯވި ތަނުގައި 465 މީހުން ދިރިއުޅޭ ކަމަށެވެ.

މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 76 މީހުން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަނީ ފަރުވާއަށް ގެންދެވިފައިވެއެވެ. އެ މީހުންގެ ތެރޭގައި ސީރިޔަސް އަނިޔާވެފައިވާ 6 މީހަކު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފަރުވާ ދިން މީހުންގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންނާއި އަލިފާން ރޯވުމުން ސަލާމަތްވާން ވެގެން މަތިން ފުންމާލައިގެ ޒަޚަމްވި މީހުން ވެސް ހިމެނެއެވެ.

ރޭ 12:30ގައި ރޯވި އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މެންދަމު 1:52 ގައެވެ.

މިއަދު އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަލިފާން ރޯވުމާއެކު ރައްކާތެރި ހިސާބަށް މީހުން ގެންދެވުނު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ހޯދަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް