ދުނިޔެ

ސައުދީގައި ޗައިނާ ބަސް ދަސްކޮށްދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން, ޗައިނާ ބަހާއި ލިޓަރޭޗަރ އެގައުމުގެ ސްކޫލް ތަކުގައި ވަރަށް އަވަހަށް ކިޔަވައިދޭން ފަށާނެކަމަށް ޚަބަރު ލިބެއެވެ. މިކަމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ދާދި ފަހުން ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ސައޫދީގެ ޓީޗަރުންނަށްވެސް މެންޑަރިން ބަސް ދަސްކޮށްދީ އަދި ޗައިނާގެ ސަގާފަތާބެހޭ ކަންތައް ތައާރަފްކޮށްދޭނެއެވެ.

Ads by WAMCO

ޗައިނާއާއި ސައޫދީގެ ބައެއް އިސް ފަރާތްތަކުން ގަބޫލުކުރާގޮތުގައި ސައޫދީ އަރަބިއްޔާއަކީ ޗައިނާގެ އެންމެ ބޮޑު އެއް ޓްރޭޑް ޕާޓްނަރކަމަށްވާއިރު ޗައިނާ ބަސް ދަސްކުރުމުން ވިޔަފާރީގެ ގުޅުންތަކަށްވެސް އިތުރު ފަހިކަން އަންނާނެއެވެ.

ސައޫދީގެ ސްކޫލްތަކުގައި ޗައިނާގެ ބަސް ކިޔަވައިދިނުގެ ޚިޔާލު ފުރަތަމަ ފާޅުކުރެއްވީ 2019 ވަނަ އަހަރު ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށްވެއެވެ.

ސައޫދީގެ ތައުލީމާބެހޭ މާހިރުން ވިދާޅުވާގޮތުގައި ޗައިނާ ބަހަށް މުސްތަގުބަލުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެވޭނެއެވެ. ސައޫދީގައި ކުރެވޭ ޗައިނާގެ އިންވެސްޓްމަންޓްތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިކަމުގެ ސަބަބުން ދެގައުމު ދެމެދުގައި ކުރެވޭ ވިޔަފާރިތަކާއި އެހެނިހެން މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ.

ޗައިނާ ބަސް މިހާރުވެސް އދ.ގެ ރަސްމީ 6 ބަހުގެ ތެރޭގައި ހިމެނެއެވެ. އަދި ދުނިޔޭގެ އާބާދީގެ 20 އިންސައްތަ މިބަހުން ވާހަކަދައްކާ ކަމަށްވެއެވެ. ބައެއް އެޕްތަކާ ހަވާލާދީ 2021 ވަނަ އަހަރުގެ ރިޕޯޓެއް ދައްކާގޮތުން، އޭރުވެސް 25 މިލިއަނެއްހާ ބޭރު މީހުން ޗައިނީސް ބަސް އައީ ދަސްކުރަމުންނެވެ.

ރައީސް ޝީ ޖިންޕިންގ ވިދާޅުވާގޮތުގައި ގައުމެއް ދެނެގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެގައުމެއްގެ ބަސް ދަސްކުރުމެވެ.

ރައީސް ޝީ ވަނީ މިދިޔަ ހަފުތާގައި ސައޫދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!