ފެމިލީ ކޯޓު ރިސެސްއަށް

ފެމިލީ ކޯޓު ރިސެސްއަށް ހިނގައްޖެއެވެ.
ފެމިލީ ކޯޓުން މިއަދު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 އަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ހިންގުން މަދުކުރެވޭނެ ކަމަށާއި ނަމަވެސް ފޯމު ބަލައިގަތުމާއި ކައިވެނިކޮށްދިނުމާއި އެ ނޫން ވެސް އިދާރީ ކަންކަން މެދުުކެނޑި ކުރިއަށްދާނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.
ފެމިލީ ކޯޓުން އިތުރަށް ވިދާޅުވީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުގެ ގާޟީންނާއި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.