ދުނިޔެ

ދުނިޔޭގެ ތަށި ދިނުމުގެ ކުރިން މެސީގެ ކޮނޑުގައި އެޅުވީ ކޯޗެއް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރޭ ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ވޯލްޑްކަޕް 2022 ގެ ފައިނަލު މެޗު ކާމިޔާބު ކުރި އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، މުބާރާތުގެ ފަޚުރުވެރި ޓްރޮފީއާ ހަވާލުވުމުގެ ކުރީން، ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ، މެސީގެ ކޮނޑުގައި ކަޅުކުލައިގެ، ތުނި ފޮތިގަނޑެއް އެޅުވިތަން ފެނުނެވެ.

Ads by Sosun Fihaara

މިއީ ކީއްކުރަން އެޅުވި ފޮތިގަނޑެއްތޯ ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލުވެސް އުފެއްދިއެވެ. އަދި މިއީ ވޯލްޑްކަޕް މުބާރާތެއްގައި ކެޕްޓަންގެ ގައިގައި މިފަދަ ހެދުމެއް އެޅުވި ފުރަތަމަ ފަހަރުވެސް މެއެވެ.

މިއީ ގަތަރުގެ ސަގާފީ ހެދުމެކެެވެ. ކައިވެނީގެ ހަލްފާތަކާއި މި ނޫންވެސް އެކި ހަފްލާތަކުގައި ފިރިހެނުންގެ ގައިގައި އަޅުވާ ފޮތިގަނޑެކެވެ. އަދި ޝަރަފެއް ހޯދުމުންވެސް، މީތި އަޅުވައެވެ.

މި ޚާއްސަ ސަގާފީ ފޮތިގަނޑަށް ކިޔާ ނަމަކީ "ބިޝްތް"އެވެ. ބިޝްތް ހަދާފައިވަނީ ބަކަރީގެ ކެހެރިންނާއި ޖަމަލުގެ އިސްތަށި ބޭނުންކޮށްގެންނެވެ.

މެސީގެ ގައިގައި ބިޝްތު އެޅުވުން ޚާއްސަ ވަނީ، މިއީ ތާރީޚުގައިވެސް މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރަށް ވުމުންނެވެ. މިހެންވީ، ގަތަރަކީ، ވޯލްޑްކަޕް މުބާރާތެއް ބޭއްވި އެންމެ ފުރަތަމަ އަރަބި އިސްލާމީ ޤައުމު ކަމަށްވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!