Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން އެންގި ވާހަކަ ދޮގު ކޮށްފި

ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން އެންގި ވާހަކަ ދޮގު ކޮށްފި

ކަށުނަމާދުގެ ތަފުސީލު އާންމުކުރުމަށް ސޯޝަލްމީޑިއާގައި އާއްމުންގެ މީހަކު ހިންގަމުން އަންނަ ޕޭޖުން އެކަން ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި ކަމަށް ބުނާ ވާހަކަ އެ ކައުންސިލުން ދޮގު ކޮށްފިއެވެ.

ކަށުނަމާދު ޕޭޖު ހިންގާ ފަރާތުން މިއަދު ފޭސްބުކްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ސީޓީ ކައުސިލުން އަންގާފައިވާ ކަމަށާއި، އެގޮތަށް އަންގާފައިވަނީ އޭނާއަކީ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް ވާތީ ކަމަށެވެ. އަދި ކަށުނަމާދަށް އިއުލާނު ކުރުމަށް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް ބުނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

2015 ގައި އުފެއްދި ކަށުނަމާދު ޕޭޖުގައި 70،000އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް