ބަރުލަމާނީ ޓީމުުގެ ތާއީދު ރައީސް ނަޝީދަށް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަށް ގޮވާލާ ހިންގި ހަރަކާތުގައި ހަރަކާތްތެރިވި ޓީމުގެ ތާއީދު، އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށްކަން ހާމަ ކުރައްވައިފިއެވެ.
28 ޖެނުއަރީގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، ރައީސް ނަޝީދުގެ އިތުރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ބަރުލަމާނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަރުލަމާނީ ޓީމުގެ ތާއީދު ރައީސް މުޙައްމަދު ނަޝީދަށް ދިނުމަށް ނިންމައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މާފަންނު މެދު ދާއިރާގެ އިބްރާހީމް ރަޝީދާއެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވަމުން އިތުރަށް ވިދާޅުވީ، ބަރުލަމާނީ ޓީމު އަބަދުވެސް ތިބޭނީ ދިވެހި ރަށްޔިތުންނާއިއެކުގައި ކަމަށެވެ.
https://twitter.com/MohNishan/status/1605186136908779526?s=20&t=gMryJch1jPygFlGSwlipPw
ބަރުލަމާނީ ޓީމުން ވަނީ މީގެ ކުރިން ބަރުލަމާނީއަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މަޑު ޖައްސާލާފައެވެ.
ޕްރައިމަރީގެ ތައްޔާރީތަށް މިހާރު ފަށާފައިވާއިރު، ރައީސް ނަޝީދު މިއަދު ވަނީ ތާއީދު ހޯދުމުގެ ކެންޕެއިން ފައްޓަވާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ރައީސް ޞާލިޙް ވެސް އަންނަ ބުރާސްފަތި ދުވަހު، ހަރުގެ ޖަލްސާއަކުން ކެންޕެއިން ފައްޓަވާނެއެވެ.



.jpeg?prefix=media)



ކޮމެންޓް