Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގުޅީފަޅު އަލިފާނުގެ ހާދިސާ: އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ގުޅީފަޅު އަލިފާނުގެ ހާދިސާ:  އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތައް އަނެއްކާވެސް ފެނިއްޖެއެވެ.

އެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅެމުން އައި އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ފެނިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ވެސް މީހެއްގެ ހަށިގަނޑުގެ ބައިތައް އެތަނުން ވަނީ ފެނިފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

Advertisement
Allied — Dhen Online (box)

ގުޅީފަޅުގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭގެތެރެއިން، 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، ކުދި އަނިޔާވި 24 މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް