Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީން ވަކި ކުރީ ރައީސް ޞާލިޙަށް ވޯޓް ނުދޭނެ މީހުން: ރައީސް ނަޝީދު

އެމްޑީޕީން ވަކި ކުރީ ރައީސް ޞާލިޙަށް ވޯޓް ނުދޭނެ މީހުން: ރައީސް ނަޝީދު

އެމްޑީޕީގެ ދަފްތަރުން ވަކިކުރި މީހުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާތީ ވަކި ކުރި ބައެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައި މިވަނީ އެމްޑީޕީގެ ދަފްތަރުން އުނިކުރި މީހުންގެ ތެރެއިން 17،156 މީހުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާތީ އުނިކުރި ބައެއް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ދަފްތަރުގެ މައްސަލައިގައި ރައީސް ނަޝީދު މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކަކީ އަބަދުވެސް މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ އެއް އަހަރު ތެރޭގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ހަގީގީ މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 39،000 މެމްބަރުން ޕާޓީން ވަކިކޮށްފައި ކަމަށް ތުހުމަތުކުރެއްވިއެވެ. އަދި ވަކިކޮށްފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ނުފެންނަ މެމްބަރުން ކަމުގައިވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު މީގެކުރިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވެސް ވަނީ އެމްޑީޕީގެ ދަފްތަރު ގަނޑުބަނޑުކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވާ ކަންތައްތަކެއް ފައްޔާޒުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް