ޚަބަރު ޝަރުޢީ ދާއިރާ

22-12-22 : ފެމިލީ ކޯޓުގައި މިއަދު 58 ކައިވެނި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފެމިލީ ކޯޓުގައި މިއަދު 58 ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފެމިލީ ކޯޓުން ވިދާޅުވީ މިއަދު ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ އަވިން ސަލާމަތްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކައިވެނި ޑިވިޜަންގެ މަގާ ވީ ފަރާތުގައި ޓެންޓު ޖަހާފައިވާ ކަމަށެވެ.

ފެމިލީ ކޯޓުން ވިދާޅުވި ގޮތުގައި މި ރީތި ތާރީޚުގައި އެ ކޯޓުގައި ޖުމްލަ 58 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެތެރެއިން 25 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި ކޯޓުގައެވެ. އަދި 33 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަަސްމީ ގަޑީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!