Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މި ޗުއްޓީގައި ތަންތަނަށް ދާ މީހުންނަށް ފުލުހުންގެ އިލްތިމާސެއް

މި ޗުއްޓީގައި ތަންތަނަށް  ދާ މީހުންނަށް ފުލުހުންގެ އިލްތިމާސެއް
ޗުއްޓީއަށް އެކި ތަންތަނަށް ފުރައިގެން ދިޔުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރައްވައިފިއެވެ. ފުުލުހުންގެ ރަސްމީ ވެބްސައިޓުގައި މިފަދައިން އިލްތިމާސް ކުރެއްވިއިރު، މިއަދަކީ ސްކޫލް ދަރިވަރުންގެ ދެ ހަފްތާގެ ޗުއްޓީ ފެށޭ ދުވަހެވެ. ފުލުހުން މިއަދު ވިދާޅުވީ، ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުން މުހިންމު ކަމަށެވެ. މިގޮތުން  ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަޤީންކޮށް، ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ބޭއްވުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.  
"ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާއި ގެ ތަޅުލާފައިދާނަމަ ގޭގައި އަލިކަން ބަހައްޓާށެވެ. ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރާށެވެ. އެއީ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ." ފުލުހުން ވިދާޅުވިއެވެ.  
ފުލުހުން ވަނީ ގޭގައި ހުންނަ އަގުބޮޑެތި އުފުލޭ މުދާ ރައްކާތެރިކުރުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ. މިގޮތުން ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ގޭގައި ގިނަ އަދަދެއްގެ ފައިސާ ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް