Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ ބަލަން ޕާޓީތަކުން ގޮވާލައިފި

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ ބަލަން ޕާޓީތަކުން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، 8 ފެބްރުއަރީގައި ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލަ ޕާޓީތަކުން ކުށްވެރިކޮށްފިއެވެ.

އައްޑޫގައި ހުޅު ޖެހި މައްސަލައިގެ "ބަދަލު އަދި އޮތީ ނުހިފި" ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލުކޮށް ޓްވީޓްކުރީ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުންނެވެ.

އެ މައްސަލަ ކުށްވެރިކޮށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި ވަނީ އިންޑިއާ ހައި ކޮމިޝަނުގައި ރޯކުރަން ގޮވި މައްސަލަ އިދާރާތަކުން ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

Advertisement
Ooredoo — Truecaller (box)
އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓުގައި ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ކުރި ޓްވީޓުގައި ވެސް އެ މައްސަލަ ތަހުގީގުކުރަން ގޮވާލާފައިވެ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ތަކުރާރުކޮށް ކުރަމުންދާ ކަންކަން ވެސް އެ ޕާޓީން ކުށްވެރިކުރިއެވެ. އޭގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް