Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފި

6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާފާސްކުރުމުގެ ތެރޭގައި 6.8 ކިލޯގެ ޑްރަގާ އެކު 933،430 ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އާއްމުކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު ފުލުހުން އަންނަނީ ހާމަ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް