Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: މިނިސްޓަރުންގެ ތާއީދު ރައީސް ޞާލިޙަށް

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: މިނިސްޓަރުންގެ ތާއީދު ރައީސް ޞާލިޙަށް

މި އަންނަ މަހު 28ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ، އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުން ތާއީދު ކުރައްވާކަން ހާމަކޮށްފިއެވެ.

ޕްރައިމަރީގައި ވާދަ ކުރެއްވި ރައީސް ޞާލިޙް ވަނީ މިއަދު 20،000 މެންބަރުންނާއެކު ފޯމް ހުށަހަޅުއްވާފައެވެ.

ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކޮށް، މިއަދު ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިމާވި ހުރިހާ ކާރިސާތަކާއެކުވެސް، ރާއްޖޭގެ އިޤްތިސާދު ކޮޅަށްޖަހައި، ޒަމާނުއްސުރެ ރައްޔިތުންނަށް ބޭނުންވެފައި ހުރި، ހުރިހާ އަސާސީ އިޖްތިމާޢީ ހައްޤުތަކެއް ރައީސް ޞާލިހްގެ ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙް ކުރައްވަމުން ގެންދަވަނީ ހެޔޮ ވެރިކަމެއް ކަމަށާއި އެހެންކަމުން އަމީރުގެ ތާއީދު ރައީސް ޞާލިޙަށް އޮތް ކަމަށެވެ.

Advertisement
HDC — Sidebar (box)

ޔޫތް މިނިސްޓަރު މަޙްލޫފް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގައި އޭނާ ތާއީދު ކުރައްވަނީ ރާއީސް ޞާލިޙަށް ކަމަށެވެ. އަދި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސް ދެއްވީ ރައީސް ޞާލިޙް ކަމަށެވެ. އެހެންކަމުން އެކަމަނާގެ ތާއީދު ވެސް ރައީސް ޞާލިޙަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙާއެކު މި އިންތިޚާބުގައި ދެން ވާދަ ކުރައްވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދު ވެސް ވަނީ ތާއީދު ފޯމާއެކު، އިންތިޚާބުގައި ބައިވެރިވުމަށް ފޯމު ހުށަހަޅުއްވާފައެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް