Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަކިން ކޮޓަރިއެއްގައި ފަނޑިޔާރު ޝަކީލް ހުންނެވި ކަމަށް ބުނާ ވާހަކަ ޑރ. ޖަމީލް ދޮގު ކުރައްވައިފި

ވަކިން ކޮޓަރިއެއްގައި ފަނޑިޔާރު ޝަކީލް ހުންނެވި ކަމަށް ބުނާ ވާހަކަ ޑރ. ޖަމީލް ދޮގު ކުރައްވައިފި

އިއްޔެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޙުކުމް އިއްވި ވަގުތު، ފަނޑިޔާރު ހުންނެވީ ވަކިން ކޮޓަރިފުޅެއްގައި ކަމަށާއި އޭނާ ހުރީ ރަހީނުކޮށްފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ދެއްކެވި ވާހަަކަފުޅު ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ދޮގު ކުރައްވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަދުރޭ ވަނީ ބޮޑެތި ތުހުމަތުތަކެއް އިއްޔެ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ޣާޒީއަށް ކުރައްވާފައެވެ.

"މިހާރު ކޯޓުގައި ކުރިޔަށް ގެންދަމުން އަންނަ ޝަރީއަތުގައި [އިއްޔެ ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމުގައި] ފަނޑިޔާރު ޝަކީލު ވަޑައިގެން ކަމަށް ވަނީ، އޭނާ ލިޔެފައި އޮތް ޙުކުމް ހިފައިގެން ކޯޓަށް. ވަޑައިގަތީމަ، ރައީސް އޮފީހުގައި އޮތް ޓީމެއް ގޮސް، އޭނާގެ ބޮޑީ ޗެކްކޮށްފައި އޭނާގެ އަތުން ހުކުމް އަތުލީ. މީ ސައްޙަ މައުލޫމާލެއް އިނގޭތީ. އެ މީހުން ދިން ޙުކުމެއް ގަން ޕޮއިންޓްގައި ބަހައްޓައިގެން ކިޔަމުން އެ ގެންދަނީ." އަދުރޭ ވިދާޅުވީ، މިއީ ދެންމެ އެ ބޭފުޅުންނަށް ލިބުނު މައުލޫމާތު ކަމަށާއި ނަމަވެސް މައުލޫމާތު ލިބުުނު މަސްދަރު ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މިއޮތް ހުރިހާ ދުވަހު ޝަރީއަތް ހިނގިއިރު އަޅުގަނޑުމެންނަށް ފަނޑިޔާރު ފެނޭ. ކުރިމަތީގައި ފެންނަން އިދޭ. މިއަދު ވަކިން ސިއްރު ކޮޓަރިއެއްގެ ތެރޭގައި އިދެގެން އޮންލައިންކޮށް ޝަރީއަތް މި ހިންގަނީ. ތި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވެސް ދެކެ ވަޑައިގަތިންތޯ ފަނޑިޔާރަކު މި ޝަރީއަތް ހިނގަމުން ދިޔަ ވަގުތު، ޓީވީއިން ދެއްކިތޯ؟ ނުދައްކާނެ، އޭނާ އިނީ މާލަމަކު ނޫން. އޭނާ ވަކިން ކޮޓަރިއެއްގައި އިދެގެން މިކަން ކުރަމުން މިގެންދަނީ. ކޮޓަރިއެއްގައި ލައިގެން އޭނާ ރަހީނުކޮށްގެންނޭ މިކަން ކުރަމުން މިގެންދަނީ"

މިކަމާ ގުޅިގެން ޖަމީލްއާ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ޝަރީއަތަށްފަހު ކޯޓު ދޮށުގައި ހުންނަވާ ދެއްވި ޕްރެސްގައި، ނޫސްވެރިޔަކު ވަނީ ފަނޑިޔާރުން ތިއްބެވީ ވަކިން ކޮޓަރިއެއްގައިތޯ ސުވާލު ކުރައްވާފައެވެ. ޑރ. ޖަމީލު ފުރަތަމަ އެ ސުވާލަށް ޖަވާބު ދޭން ވަނީ ފަސްޖެހިވަޑައިގެންފައެވެ.

"އިނގި ވަޑައިގަންނަވާނެ ދެއްތޯ ވަކީލުންގެ މަސައްކަތަކީ ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވުން. އަޅުގަނޑުމެން މިތިބީ މިދެންނެވިހެން މި މައްސަލައިގައި ޤާނޫނީ ގޮތުން ކުރަން ހުރި މަސައްކަތްތައް ކުރަން. ޕީޕީއެމްއަކީ ވަރަށް ބޮޑު ޕާޓީ، ސިޔާސީ ޕާޓީގެ އެކި ގުނަވަނުން ދައްކަވާ ވާހަކަފުޅުތަކާއި ކުރައްވާ މަސައްކަތްތައް އެގޮތުގެ މަތިން ކުރިޔަށް ގެންދަވާނެ" ނަމަވެސް ތަކުރާރުކޮށް ސުވާލު ކުރުމުން ޑރ. ޖަމީލު ވަނީ އިއްޔެގެ އަޑު އެހުން ބޭއްވީ ފަނޑިޔާރުން އާއްމު ގޮތެއްގައި މަސައްކަތް ކުރައްވާ ކޮޓަރީގައި ކަމަށް ވިދާޅުވެފައެވެ.

"އާއްމު ގޮތެއްގައި ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޮޓަރީގައި އަޑު އެހުން ހިނގައިގެން ދިޔައީ:"

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް