ޚަބަރު ސިޔާސީ

ރައީސް ޔާމީނަކީ ފަހަތަށް ޖެއްސޭނެ ލީޑަރެއް ނޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް، ޔާމީން އަބްދުލްޤައްޔޫމަކީ ފަހަތަށް ނުޖެއްސޭނެ ލީޑަރެއް ކަމަށް ކ.ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް، ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުން މަންފާ ހާސިލު ކުރެއްވި ކަަމަށް ތުހުމަތު ކުރައްވައި، ރައީސް ޔާމީންގެ މައްޗަށް ދިވެހި ދަޢުލަތުން އުފުލި ދެ ދަޢުވާ ޘާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް އިއްޔެ ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

މި ޙުކުމާއެކު، އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނުކުމެ، ރައީސް ޔާމީން މިނިވަން ކުރުމަށް ދަނީ ގޮވައިލަމުންނެވެ. ގުރައިދޫ ކައުންސިލުގެ ރައީސް ވިދާޅުވީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމުންވެސް ރައީސް ޔާމީންގެ މޫނުފުޅުން ފެންނަނީ އުފާވެރިކަން ކަަމަށާއި، އެމަނިކުފާނަކީ ހިތްވަރާ އަޒުމްވެސް ވަަރަށް ވަރުގަދަ ބޭފުޅެއް ކަމަށެވެ.

"މާތްﷲ ރައީސް ޔާމީނަށް ކެތްތެރިކަމާ ޘާބިތުކަން ދެއްވާށި. އާމީން!"

ރައީސް ޔާމީނަށް ޖަލު ޙުކުމެއް އިއްވިއިރު، އެމަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރައީސް ޔާމީން އަނެއްކާވެސް މިވަންވެވަޑައިގަންނަވާނެ ކަމަށާއި، އަދިވެސް ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!