ރައީސް ޞާލިޙު ކޮޅުފުއްޓަށް ވަޑައިގެންފި

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މ.ކޮޅުފުށްޓަށް ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާނެއެވެ.
އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅައިލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސް ކޮޅުފުށީ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެއެވެ.

Ads by Allied Insurance