Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

މަހިބަދޫ ހޮސްޕިޓަލު ބޮޑު ކުރުމުގެ މަޝްރޫޢު އަވަސް ކޮށްދޭން އެދިއްޖެ

މަހިބަދޫ ހޮސްޕިޓަލު ބޮޑު ކުރުމުގެ މަޝްރޫޢު އަވަސް ކޮށްދޭން އެދިއްޖެ

އދ.މަހިބަދޫގެ ހޮސްޕިޓަލު ބޮޑު ކުރުމުގެ މަޝްރޫޢު އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

ކައުންސިލުން މިގޮތަށް އެދިފައިވަނީ ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙާ ބައްދަލުކުރައްވައި ދެއްކި ވާހަކައިގައެވެ.

މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ކައުންސިލް މެންބަރުން ވަނީ ކުރިއަށް އޮތް އަހަރު، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް، ބަޖެޓުގައި ހިމަނައިދެއްވިކަމަށްޓަކައި ރައީސްއަށް  ޝުކުރު އަދާކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

އަދި އެބޭފުޅުންވަނީ މަހިބަދޫ އިން ގޯތި އެންމެ ފަހުން ދޫކޮށްފައިވަނީ މީގެ 35 އަހަރު ކުރިން ކަމުގައި ފާހަގަކުރައްވައި، ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަކީ މަހިބަދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްކަމުގައި ފާހަގަކުރައްވައިފައެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކޮންމެ މަސައްކަތަކަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މަހިބަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ.

މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާ، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ރައީސްގެ އަރިހުގައި ދެންނެވިއެވެ.

ހަމަ އެއާއެކު ރަށުގެ އިޙްތިޞާސްގައި މާފަރު ފަޅު ހިމަނައިދެއްވުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް